ads
ޝައްމާން - ފޮޓޯ އިމިގްރޭޝަން
ޝައްމާންގެ ދެ މައްސަލަވެސް ބަލައިގަނެ، ޝަރީއަތް ފަށަނީ
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަގާމުން ވަކިކުރި، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ ފަރާތުުން ހައިކޯޓުގައި އިސްތިއުނާފު ކުރި ދެ މައްސަލަވެސް އެ ކޯޓަށް ބަލައިގަނެ، ޝަރީއަތް ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝައްމާންގެ އިތުރުން 4 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

މި މައްސަލާގައި މިދިޔަ މަހުގެ 22 ގައި ޝައްމާން ހައްޔަރުކުރުމަށްފަހު ކޯޓުން ފުރަތަމަ ބަންދުގެ މުއްދަތު ޖެހީ  15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން ދެން ޖެހީ ވާނުވާ ބަންދެވެ. މި މައްސަލާގައި ދެން ހައްޔަރުކުރި ހަތަރު މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. ޝައްމާން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ހަފްތާގައެވެ.

ޝައްމާން ފުރަތަމަ ބަންދު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ އެންމެ ފުރަތަމަ ބަލައި ނުގަތެވެ. އެކަމަކު ޝައްމާންގެ ފަރާތުން އެ މައްސަލަ ރިވިއުކޮށްދޭން އެދުމުން ހައިކޯޓުން ފަހުންވަނީ މައްސަލަ ކުރިއަށް ގެންދަން ނިންމާފައެވެ.

މި މައްސަލާގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކޯޓެއް އަމުރެއްގެ ދަށުން ޝައްމާން ވަހީދު ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެގެއިން 257،475 ރުފިޔާއާއި 10،000 އެމެރިކާ ޑޮލަރު ފެނިފައިވާކަމަށެވެ. އަދި މީގެއިތުރުން އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތައްވެސް ހޯދާފައިވާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.  ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ސީސޓީވީ ފުޓޭޖްތައް އެއްކޮށް ގިނަ ބަޔަކާއި ސުވާލުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް ދޫކޮށްލި ބިދޭސީ މީހާ އަތުން ހޯދިކަމަށް ބުނާ ފައިސާ އަޅާފައިވާ ކޮތަޅު މި މައްސަލާގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ މުވައްޒަފަކު ޝައްމާން ވަހީދުގެ ގެއަށް ހިފައިގެން ވަންނަތަން ސީސީޓީވީ ފުޓޭޖް ތަކުން ފެންނަކަމަށެވެ.

މި މައްސަލާގައި ފުލުހުން ވަނީ ޝަމްއާންގެ އަނބިކަނބަލުންގެ ފޯނާ ފާސްޕޯޓް ހިފަހައްޓާފައެވެ.

ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ޝައްމާންގެ ދެވަނަ މައްސަލައަކީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކުރި އަމުރުގެ މައްސަލައެވެ. މި މައްސަލަވެސް ހައިކޯޓަށްވަނީ މިހާރު ބަލައިގަނެފައެވެ. ބެލެވޭ ގޮތުގައި މި ދެ މައްސަލައިގެ އަޑުއެހުންވެސް މި ހަފްތާތެރޭ ހައިކޯޓުގައި ފަށާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް