ads
ހޯޑެއްދޫ——
ހޯނޑެއްދޫ މީހަކު ޑްރަގު މައްސަލައެއްގައި އުމުރަށް ޖަލަށް
މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދިޔަ ގދ. ހޯނޑޭއްދޫ މީހެއްގެ މައްޗަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
Advertisement

މިއީ، 2023 އެޕްރީލް މަހު ތެރޭގައި ފުލުހުން ގދ. ހޯނޑެއްދޫ ޕެޓްރޯލްކުރަމުން ދަނިކޮށް ގދ. ހޯނޑެއްދޫ ހާފްގެއާ ދިމާލަށް މަގުމަތީގައި ހުރި ޖޯލިފައްޗެއްގައި އޮތް، އެ ރަށު މާރަގަ، އަހްމަދު ޝަރީފްގެ މައްސަލައެވެ.

މި މައްސަލައިގައި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށް ސާބިތުވެ، ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އަހްމަދު ޝަރީފްގެ މައްޗަށް އިއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ހަމަ އެ މައްސަލައިގައި، އަހްމަދު ޝަރީފްގެ މައްޗަށް، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ، ހޯމަ ދުވަހުއެވެ.

މި ދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައަށް އަހްމަދު ޝަރީފު ޝަރިއަތުގައި އިއުތިރާފުވިނަމަވެސް، ދެވަނަ ދައުވާއަށް އޭނާވަނީ އިންކާރުކޮށްފައެވެ. ދައުލަތުން ކުރި ދައުވާއަށް އިންކާރުކުރުމުން، މައްސަލަ ސާބިތު ކުރީ ފުލުހުންގެ ތަހުގީގާއި ފުލުހުން ހުށަހެޅި ހެކި ގަރީނާގެ އަލީގައެވެ.

ދެވަނަ މައްސަލައިގައި ކޯޓުން ކުރި ހުކުމަކީ އެ އަހްމަދު ޝަރީފް 25 އަހަރަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ޖޫރިމަނާ 100،000 ރުފިޔާ އެއް އަހަރުގެ ތެރޭގައި ދެއްކުމަށްވަނީ ހުކުމުގައި ބަޔާންކޮށްފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން، ހދ. ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައިވެސް މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ހުކުމެއް އިއްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް