
ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގެ ބަންދުގައި ހުއްޓާ އަމިއްލަ އަށް މަރުވާން އުޅުނު މީހަކު މިދިޔަ ހަފްތާގައި ވަނީ މަރުވެފައެވެ. އެމީހާ މަރުވެފައިވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކުރަނިކޮށް ސަލާމަތްކޮށް ގެންގޮސް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ.
މި މިހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރިތާ ތިން ދުވަސް ފަހުން އަނެއްކާވެސް އިތުރު މީހަކު އަމިއްލައަށް މަރުވާން މަސައްކަތްވަނީ ކޮށްފައެވެ. އެމީހާ އަމިއްލަ މަރުވާން މަސައްކަތް ކޮށްއިވަނީ މިމަހުގެ 7 ވަނަދުވަހުއެވެ. މިމިހާއަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.
ބަންދުގައި ހުއްޓާ މަރުވާން އުޅުނު މީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ މިމަހުގެ 6 އެވެ. އެމީހަކީ މަސްތުވެގެން ހުރެ ގެއެއްގެ މުދަލަށް ގެއްލުންދިނުމަށްފަހު ހަމަނުޖެހުން ހިންގި މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ.
މީގެ ކުރިން ކުޅުދުއްފުށީ ޕޮލިހުގެ ބަންދުގައި ހުއްޓާ، ޑިސެމްބަރު 19، 2022 ގައި މަރުވީ ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި 32 އަހަރުގެ މީހެކެވެ. އޭނާ ވެސް މަރުވީ ދަންޖެހުމުން ހާލު ދެރަވުމުން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.