ads
ރައްޔިތުން މަޖިލީހުގައި އަލަށް އުފެއްދި "ގެދޮރުވެރިކަމާ ބެހޭ ކޮމެޓީ" ގެ މުގައްރިރު އިބްރާހިމް ފަލާހް
ބަނޑަށް ޖެހުނަސް ފަލަސްތީނު ހައްގުގައި މި ސަރުކާރުން ފިޔަވަޅު އަޅާނަން: ފަލާހް
ދިވެހީން ބަނޑަށްޖެހުނަސް މި ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ފިޔަވަޅު އަޅާނެކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ފަލާހް މިހެން ވިދާޅުވީ އިޒްރާއިލް ޕާސްޕޯޓް މަނާކުރަން މަޖލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241 ކޮމިޓީ) އިން ފާސްކުރުމުން އެ މައްސަލާފައި ރިޕޯޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. 

ފަލާހް ވިދާޅުވީ ޔަހޫދީން ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް އަނިޔާދީ މުސްލިމުން ޝަހީދު ކުރުމަކީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން ފެށިފައިވާކަމެއްކަމަށެވެ. އެހެންނަމަވެސް އެތައް ރާއިސުންނެއް ވެރިކަން ކޮށް މަޖިލީހުގެ އެތައް ދައުރެއް ނިމިގެން ދިޔައިރުވެސް މި ފަދަ ނިންމުމެއް ނިންމަން އެއްވެސް ބަޔަކަށް ނުކުރެނުމަށެވެ. 

ފަލާހް ވިދާޅުވީ އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިދިކޮޅު އެމްޑީޕީން ހުށައެޅީ އެއްވެސް ހެޔޮ ނިޔަތެއް އޮވެގެން ނޫންކަމަށާއި އެކަން ކުރީ މި ސަަރުކާރަށް ކުރަން ނުކުރޭނެކަމަށް ބަލާފައިކަމަށެވެ. އަދި އެމްޑީޕީއަށް ބާރެއް ލިބުނު ކޮންމެ ފަހަރަކު ކަން ކުރީ ރަނގަޅަށް  ނޫންކަމަށް ވިދާޅުވަމުން ފަލާހް ވިދާޅުވީ އެމްޑީޕީއަށް ބާރެއް ލިބުނަސް އިޒްރޭލް ރައްޔިތުންނަށް ރާއްޖެ އަންނަން ހުއްދަ ދޭނެކަމަށެވެ.  

" އެ ހުށަހެޅުއްވި މެމްބަރު، ނުވަތަ އެމްޑީޕީގެ ނިޔަތަކަށްވީ އަޅުގަނޑުމެންނެއް މި ކަމެއް ނުކުރާނޭ. ކޮށްފި ކަމަށްވަންޏާ މި ގައުމުގެ އިގުތިސާދު ފުނޑުފުނޑު ވާނޭ. މި ގައުމު ބަނޑަށްޖެހޭނޭ. އެހެންވީމާ އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ދެވޭނޭ. މިއީ އެމްޑީޕީގެ ނިޔަތް،" ފަލާހް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ ނިޔަތް ގޯސް ނަމަވެސް މި ސަރުކާރުން އިޒްރާއިލް ޕާސްޕޯޓް މަނާކުރަން ނިންމީ ހެޔޮ ނިޔަތުގައިކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން ފަލަސްތީނު ރައްޔިތުންނަށް ލާއިންސާނީ ހަމަލާތަކާއި އަނިޔާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ނިންމީ ހަމަލާތައް ހުއްޓާލަން ބާރުއެޅުމުގެ ނިޔަތުގައިކަން ފަލާހް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ބަނޑަށް ޖެހުނަސް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ފިޔަވަޅު އަޅާނެކަމަށާއި އެކަން މިއޮތީ ސަރުކާރުން ދައްކާފައި ކަމަށްވެސް ފަލާހް ވިދާޅުވިއެވެ. 

ލާއިންސާނީ ހަމަލާތަކާއި އަނިޔާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ނިންމީ ހަމަލާތައް ހުއްޓާލަން ބާރުއެޅުމުގެ ނިޔަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

" އެހެންނަމަވެސް، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސާއި މި ސަރުކާރުން މާތް ވެގެންވާ އިސްލާމް ދީނަށް، ހާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ އެ ފަދަ އަޅުގަނޑުމެން ތާއީދުކުރާ އަޅުގަނޑުމެންގެ އަހުންނާއި އުހުތުން ތިބި ގައުމަކަށް އެ ވަރުގެ އަނިޔާއެއް ދޭއިރަކު އަޅުގަނޑުމެން ބަނޑަށްޖެހުނަސް މި ސަރުކާރަކުން ނުބަލާނެ، .......... [ އިޒްރޭލް ޕާސްޕޯޓު] މަނާކުރާނެ. އެ އޮތީ އެކަން ދައްކައިދީފައި،" އެމްޑީޕީއަށް ފާޑު ވިދާޅުވުމުން ފަލާހް ވިދާޅުވިއެވެ.

ފަލަސްތީނާ ދެކޮޅަށް ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އާދެވޭނެ ގޮތްތަކެއް މަގު ފަހި ކުރުމަށްފަހު، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. ބިލް ފާސްކުރީ މަޖިލީހުން ފާސް ކުރީ ޖުމްލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް