
ޑީއާރުޕީން 1.1 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުގައި އެމްޓީސީސީން ދައުވާ ކުރި މި މައްސަލަ ނިމިފައިވަނީ މައުމޫނާ އެއްކޮޅަށެވެ. އެ ކޯޓުން ނިންމީ އެ ފައިސާ ޑީއާރުޕީން ދައްކަން ނުޖެހޭކަމަށެވެ.
ދަށުކޯޓްގެ އެ ނިންމުން އެމްޓީސީސީން އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މައުމޫންގެ ފަރާތުން އެދުނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑއަޅައިދޭށެވެ. އެހެންނަމަވެސް އެ މައްސަލަ ކުރިއަށް ގެންދަން ހައިކޯޓުން ނިންމާފައިވަނިކޮށް، އެމްޓީސީސީން އެދިގެން މައްސަލަ މިހާރުވަނީ ބާތިލުކޮށްފައެވެ. މައްސަލަ ކުރިއަށް ގެންދަން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ.
މި މައްސަލަ ދަށުކޯޓުން ނިންމީ 2023 އަހަރުގެ ޖޫން މަހުގެ 8 ގައެވެ. އެމްޓީސީސީން އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކުރީ މިދިޔަ އަހަރުގެ ޖުލައި 10 ގައެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދަށު ކޯޓުން ނިންމާ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރަންޖެހެއެވެ.