
ފުލުހުން ބުނީ މިމަހުގެ 13 ވަނަދުވަހު ހިނގި މި ހާދިސާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި މައްސަލަ ބަލަމުން އަންނަކަމަށެވެ. އެހެންނަމަވެސް މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ވައްކަން ކުރިކަމަށް ބުނާ މީހަކަށް ގާނޫނުން ބޭރުން ބަޔަކު އަމަލުކުރު ގޮތުން އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފަޅުކޮށްފައެވެ. އަދި އެ މައްސަލަ އެރްއާރުސީއެމުންވެސް ވަނީ ބަލަން ފަށާފައެވެ.
ވައްކަން ކުރި މީހާގެ ބޮލަށް ކުލަ ފާޓާ އޮއްސާލާތަން ފެންނަ ވީޑިއޯ އެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯގައި އެކަން ކުރި މީހުން ވަރަށް ސާފުކޮށް ފެނެއެވެ.
ވީޑިއޯއިން ފެންނަނީވައްކަން ކުރި މީހާ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ ތަނެވެ. އެމީހާ ގައިގައި އަމިއްލަ އަށް ކުލަ ހާކަމުންދަނިކޮށް ކުލަ ފާޓާ އޭނާގެ ބޮލަށް އަޅާލާތަން ފެނެއެވެ. އެއަށްފަހު އެމީހާގެ ބޮލާއި މުޅި މޫނުގައި ކުލަ ހާކަތަންވެސް އެވީޑިއޯ އިން ފެނެއެވެ.
ވައްކަން ކުރި ކަމަށް ބުނާ މިހާ ބޮލަށް ކުލަ ފާޓާ އޮއްސާލުމުން އޭނާ އެ ކުލަތައް ސާފުކުރަން މަސައްކަތް ކުރާ މަމްނަޒުވެސް އާއްމުވި ވީޑިއޯއިން ފެނެއެވެ. އެގޮތުން އެމީހާ މޫދު ކައިރީގައި އިނދެގެން ގައިން ކުލަ ފިލުވަން ވަރަށް މަސައްކަތް ކުރެއެވެ.
ވައްކަން ކުރިކަމަށް ބުނާ މީހާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން އެމީހާ ގެންދިޔައީ އޭނާގަޔަށް ކުލަ އެޅި މީހުން އެތާ ތިއްބައެވެ.