ads
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރަން މަޖިލިހުން ރުހުން ދިން މުހައްމަދު މުޖްތާޒު
ސީއެސްސީއަށް މުޖުތާޒު އައްޔަންކުރަން މަޖިލީހުގެ އާބަސް
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް މުހައްމަދު މުޖްތާޒު އައްޔަންކުރަން ރައްޔިތުން މަޖލީހުން ރުހުން ދީފިއެވެ.
Advertisement

ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒު އައްޔަންކޮށްދިނުމަށް އެދިވަޑައިގެން އޭނާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒި ރައްޔިތުން މަޖިލިހަށް ފޮނުއްވީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. 

މުޖުތާޒު ސީއެސްސީއަށް އައްޔަން ކުރޭތޯ ވޯޓަށް އެހުމުން މަޖިލީހުގެ 71 މެމްބަރުން ވަނީ އެކަމާއި ރުހި ފެންނަކަމަށް ވޯޓް ދީފައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް މެމްބަރަކު އައްޔަންކުރަން މަޖިލިހަށް ފޮނުވާފައި މި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލިހުން ފެށުމުންނެވެ.  

ސީއެސްސީއަށް އަށް އައްޔަންކުރަން ނިންމި  މުހައްމަދު މުޖްތާޒު ވަނީ ކުރިން ރައީސް ޔާމިންގެ ވެރިކަމުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމު ފުރުއްވާފައެވެ. އަދި 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް  މުޖްތާޒު ވަނީ ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް