ads
މިސްކިތަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާއި އެޗްޑީސީން ސޮއިކުރަނީ
ދެ އަހަރުތެެރޭ ދެ މިސްކިތް ހުޅުމާލޭގައި އަޅަނީ
ދެ އަހަރުތެެރޭ ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީން ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ މި ދެ މިސްކިތް އަޅަނީ ހުޅުމާލޭ ހުޅުމާލެ ފޭސް 2ގައި ކަމަށެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީއާއި އެޗްޑީސީން މިއަދު ވަނީ ސޮއިކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދެ މިސްކިތް އަޅާދެނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެންކަމަށެވެ. އަދި އެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރެއް ހަމަޖައްސާނީވެސް އެ ފަރާތްތަކުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

ހުޅުމާލޭގައި އަޅާ މި ދެ މިސްކިތް އަޅަން ކޮންމެ މިސްކިތަކަށް 18720.79 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. އަދި މި މިސްކިތްތަކަކީ އެއް ފަހަރާ 2500 މީހުންނަށް އެރޭވަރުގެ މިސްކިތްތަކެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މި މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، މިސްކިތްތަށް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށްކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ނިމޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް