ads
މޯލްޑިވިއަންގެ ޕްރޮމޯޝަންގެ ޕޯސްޓަރެއް
ބޯޑިން ޕާސް ސްނެޕް ކޮށްލައިގެން ، ޗައިނާ، މެލޭއަށް ދެވިދާނެ
ގައުމީ އެއާލައިން މޯލްޑިވިއަނަށް 25 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
Advertisement

އެ ކުންފުނީ މި ޕްރޮމޯޝަންގައި ބައިވެރިވެގެން ޗައިނާ، މެލޭޝިޔާ، އިންޑިއާގެ އިތުރުން ރާއްޖޭގެ ކޮންމެވެސް މަންޒިލަކަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ. 

މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިމަހުގެ 13 އިން 25 ގެ ނިޔަލަށްކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވާ ކިހިނެތް ހަދަންވީ 

މޯލްޑިވިއަނުން ބުނީ މިމަހުގެ 13 އިން 25ގެ ނިޔަލަށް މޯލްޑިވިއަންގައި ދަތުރުކުރާ ހުރިހާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށެވެ. 

  • ކުރަން ޖެހޭ ކަމަކީ ބޯޑިން ޕާސްގެ މޮޅު ފޮޓޯއެއް ނަގާ ސްނެޕް ކޮށްލުން
  • ތާރީހު ސާފުކޮށް ފެންނަ އޮންނަން ޖެހޭ 
  • ސުނެޕް ކުރާއިރު #Maldivian25Years މި ހޭސްޓެގް ޖަހަން ޖެހޭ
  • މޯލްޑިވިއަންގެ އެކްސް އެކައުންޓް MaldivianAero ޓެގް ކުރަން ހަނދާން ކުރަންޖެހޭ 

މީގެއިތުރުން އެ ކުންފުނީގެ އެކްސް އެކައުންޓްތައް ކަމަށްވާ MaldivianAero، IASLaero،MaldivianHol ފޮލޯ ކުރާ މީހަކަށްވެސް ވާންޖެހޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. 

ލިބޭ އިނާމުތައް 

  • ޝަންހާއި ޑިޒްނީލޭންޑަށް ދަތުރެއް / 2 މީހަކަށް 
  • ޗައިނާއަށް ދާން ޓިކެޓް ( ރިޓާން ޓިކެޓެއް )
  • މެލޭޝިޔާއަށް ދާން ޓިކެޓްއް ( ރިޓާން ޓިކެޓެއް ، 27 އޭޕްރިލް އިން 30 އޭޕްރިލްއާއި ދޭތެރެ) 
  • އިންޑިއާއަށް ދާން ޓިކެޓް ( ރިޓާން ޓިކެޓެއް / ޓްރިވެންޑްރަމް ނޫނީ ކޮޗިންނަށް )
  • ރާއްޖޭގެ ބޭނުން މަންޒިލަކަށް ދާން ޓިކެޓެއް ( ރިޓާން ޓިކެޓެއް )

މި ޕްރޮމޯޝަންގައި ބައިވެރިވޭ އެންމެ ފަހުގެ ވަގުތަކީ 25 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:55ކަމަށް މޯލްޑިވިއަނުން ބުނެއެވެ. 


0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް