
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެފްބީގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގައި ބިނާކުރެވޭ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި ކަން ކުރަނީ އެޗްޑީސީންކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އިސްލާމް ބައެއް ގައުމުތަކުގައި ޝޮޕިން މޯލާއި އެހެނިހެން ތަންތަނުގައި ނަމާދުކުރާތަން ހުންނައިރު ރާއްޖޭގައި އެގޮތަށް ނުހުންނަވީ ސަބަބެއް ނެތްކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ހުޅުމާލޭ ކޮންމެ އިމާރާތެއް ކައިރީ މިސްކިތް ނެތުމުން ގިނަ ބަޔަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން އިމާރާތްތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ނަމާދުކުރެވޭނެ ތަނެއް ހުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ގަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ އެޗްޑީސީން އަމިއްލައަށް އިސްނަގައިގެންކަމަށާއި އެކަމާއި އުފާކުރައްވާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.