ads
ޓީޗަރުންގެ ދުވަސް 2017: ފޮޓޯ ރާއްޖެ
ޓީޗަރުން ޗުއްޓީއަށް އެދެވޭނެ އެޕްލިކޭޝަނެއް ތައާރަފްކުރަނީ
ޓީޗަރުންގެ ޗުއްޓީއަށް އެދެވޭނެ އާ އެޕްލިކޭޝަނެއް ތައްޔާރުކުރަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ހާމަކުރައްވައިފި އެވެ.
Advertisement

މިނިސްޓަރު މިކަން ހާމަކުރެއްވީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ ހާޒިރީގެ މައްސަލަ ހައްލުކުރުމަށްޓަކައި އިންޓަރނަލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޓީޗަރުންނަށް ޗުއްޓީއަށް އެދެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ ސްކޫލްތަކުގެ ޕްރިންސިޕަލުން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރެއިން އެއް ކަމަށް ހައްލެއް ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތެކެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސިޔާސަތުތައް ކަމަށްވާ އިސްވާރުން ހޮވުމުގެ ސިޔާސަތާއި، ސްކޫލްތަކުގައި ބާއްވާ ހަރަކާތްތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖެއްސުމާއި އެޑްމިޝަން ޕޮލިސީ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިނިސްޓްރީއިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ސްކޫލްތަކުން ވެސް އަމަލުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަންވެސް މިނިސްޓަރު ހާމަކުރައްވައިފި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް