ads
ފޮޓޯ އައްޑޫސިޓީ ކައުންސިލް
ގައްޒާއަށް އެހީތެރިވުމަށް ހުކުރު ދުވަހު އައްޑޫސިޓީގައި އެއްވުމެއް ބާއްވަނީ
ގައްޒާއަށް އެހީތެރިވުމަށް ހުކުރު ދުވަހު އައްޑޫސިޓީގައި އެއްވުމެއް ބާއްވަން ނިންމައިިފިއެވެ.
Advertisement

މި އެއްވުމަކީ ފަލަސްޓީނުގެ ގައްޒާގައި އަނިޔާ ލިބެމުންދާ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް އަޑުއުފުލުމަށްޓަކައި ބާއްވާ އެއްވުމެކެވެ. މި އެއްވުން އިސްކޮށް އިންތިޒާމުކުރަނީ ނޫރުލްއިސްލާމް ޖަމްއިއްޔާއާއި ފޭދޫ މިޝްކާތު ފައުންޑޭޝަނުންނެވެ. އަދި ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތަކާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ އިވެންޓެއްގެ ގޮތުގައި މި އެއްވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިވެންޓު ކުރިއަށް ދާނީ ވެހިކަލް ބުރަކާއެކުގައެވެ. މިގޮތުން ހިތަދޫއިން ބައިވެރިވާ ފަރާތްތަކުން ހުކުރު ދުވަހުގެ ހަވީރު 4:15 އަށް ނޭޗާ ޕާކު ކުރިމައްޗަށް ހާޒިރުވާން ޖެހޭނެއެވެ. އަދި އެހެން އަވަށްތަކުން ބައިވެރިވާ ފަރާތްތަކުން އެ އަވަށެއްގެ ބަނދަރުމައްޗަށް ހަވީރު 4:15 އަށް ހާޒިރުވާން ޖެހޭނެއެވެ. އަދި 4:30 ގައި ވެހިކަލްތަކުގައި ދަތުރުކޮށް ސިޓީ ސްކޮޔަރ ސަރަހައްދަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުގައި ބައިވެރިންގެ ޝުއޫރު ފާޅުކުރުމަށްފަހު އިވެންޓް ނިންމާލުމަށް ހަމަޖެހިފައިވަނީ ހާއްސަ ދުއާއަކުން، ހަވީރު 6:00 ގައެވެ.

މި އިވެންޓުގައި ބައިވެރިވުމަށް އެދޭ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި މުއައްސަސާތަކުން ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުގެ ކުރިން އިންތިޒާމު ކުރާ ފަރާތްތަކުގެ 7636649 - 9948762 މި ނަންބަރުތަކަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެފަރާތުން ވަނީ އެދިވަޑައިގެންފައެވެ. މި އިވެންޓުގައި ރާއްޖޭގެ އިލްމުވެރިން އިސްވެ ކުރިއަށް ގެންދާ "ގައްޒާއާއެކު" މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ބައެއް އިލްމުވެރިން ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވުމަށް ވަޑައިގަންނަވާއިރު، ފަލަސްޓީނުގެ ދިދައާއި ކުލައާއި ރަމްޒުތައް ބޭނުންކުރުމަށް އިންތިޒާމުކުރާ ފަރާތްތަކުން އިރުޝާދު ދެއްވާފައިވެއެވެ. އަދި ގުޅިފައިވާ އަވަށްތަކުން އިވެންޓަށް ސައިކަލްތަކުގައި ވަޑައިގަންނަވާ ބޭފުޅުން ޓްރެފިކް ގަވާއިދާ އެއްގޮތަށް ހެލްމެޓް އެޅުއްވުމަށްވެސް އިންތިޒާމުކުރައްވާ ފަރާތުން އިރުޝާދު ދެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް