ads
އެމްޑީޕީގެ ލީޑާޝިފް. ޕާޓީގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ފައްޔާޒުގެ މައްޗަށް ކުރާ ދައުވާތަކަކީ ފިނޑި އަމަލެއް: ސޯލިހު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާއި ޕާޓީގެ އިސް ހިދުމަތްތެރިންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދައުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަގުސަދުގައި ހިންގާ ފިނޑި އަމަލެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ސޯލިހު މިކަން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޓުވިޓާ އެކައުންޓުގައި ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ކަންކަމަކީ އެމްޑީޕީއަށް އާ ކަމެއް ނޫން ކަމަށާއި، މިފަދަ ކަންކަމުން އެމްޑީޕީ ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީ މިހާރު މިއޮތީ އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް، ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއީ އެމްޑީޕީން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެކެވެ. އެމްޑީޕީގެ އިސް އޮފިޝަލުން ބުނާ ގޮތުގައި މި ކޮންގްރެސްގެ ބޭނުމަކީ ރިޔާސީ އިންތިހާބުގެ ޓިކެޓުގެ މަސައްކަތް ކުރުމެވެ. ކޮންގްރެސްއަށްފަހު އޮންނަ ޕްރައިމަރީގައި ވާދަކުރާނެކަމަށް މިހާތަނަށް ބެލެވެނީ ފައްޔާޒާއި ރައީސް ސޯލިހުގެ ޓީމެވެ. އަދި ރައީސް ނަޝީދު ވަނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީ އެއްކޮށްލުމަކީ މިވަގުތު ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެ ހިޔާލަށް ތާއީދު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް