އިސްލާމިކް މިނިސްޓްރީން ބުނީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ގާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެކަމަށެވެ.
ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދާނެ ރަށްތައް:
މީގެއިތުރުން ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި އަލުން ކިޔަވާދޭން ފަށަން ނިންމާފައިވާކަމަށެވެ. އަދި އެ ތަންތަނުގައި ގުރުއާން އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށާއި މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ގުރުއާން ކިޔަވާދޭން ފަށާ ރަށްތައް
މި ރަށްތަކަށް ގުރުއާން މަރުކަޒުގެ ގޮފިތަކަށް، ޤުރުއާން މަރުކަޒުން ޤުރުއާން ޓީޗަރު އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް، އެމަރުކަޒް ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.