
އެޑްވާންސް ވޫންޑް ކެއާ ކްލިނިކްގެ ނަމުހައި ހުޅުވި މި ކްލިނިކް ހުޅުވާދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމްއެވެ.
މި ތަން ހުޅުވަން ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޕްލާސްޓިކް ސާޖަން، ޑރ. މުހައްމަދު ވަހީދު ވިދާޅުވީ ގިނަ ދުވަސްވީ ފާރުތަކަށް ފަރުވާ ދެވޭނެ ވަކި ތަނެއް ނެތުމުން ގިނަ ދުވަހު ބޭސްކުރަންޖެހޭ މީހުންގެ ފާރުގަނޑުތައް ރަނގަޅު ނުވެގެން އެކަމުގެ ދަތިކަން ބަލިމީހުން ތަހަމަލު ކުރަމުން އަންނަކަމަށެވެ. އަދި އެކްސިޑެންޓްތަކާއި ހަކުރި ބަލީގެ މީހުން އިތުރުވާއިރު މީ ވަރަށް މުހިއްމު ކްލިނިކެެްކަން ވަހީދު ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ހޮސްޕިޓަލްހައި އެޑްވާންސް ވޫންޑް ކެއާ ކްލިނިކް ހުޅުވުމުގެ ތެރެއިން އައިޖީއެމްއެޗްގެ ޕްލާސްޓިކް ސާޖަން، ޑރ. މުހައްމަދު ވަހީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކުރި އެޑްވާންސްޑް ވޫންޑް ކެއާގައި ބޭނުންކުރާނީ ދުނިޔޭގައި އެންމެ ފަހުގެ ސާމާނެވެ. އަދި އެތަނުން ފަރުވާދެމުން ދާނީ ޕްލޭން ހަދައި އެ ތަވާލާއި އެގޮތަށްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މި ތަނުން ފަރުވާދެމުން ގެންދާނީ އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
މިދިޔަ ޖެނުއަރީން ފެށިގެން އިއްޔެއާ ހަމައަށް 5،076 މީހުންގެ ފާރުގަނޑުތަކަށް ބޭސްކޮށްދީފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.