ހެޔޮކަންކަމަސް ހޭދަކުރަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ފައިސާ ދައްކަން އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ފެބްރުއަރީމަހު 17 ގައި ފުރުސަތު ހުޅުވާލާފައެވެ.
އެ ޕޯޓަލް ހުޅުވާލަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ޤާއިމް ކުރުން ފަދަ މުހިއްމު ކަންކަން ކުރަން ޖެހިފައި އެބަހުރިކަން ފާހަގަކޮށް އެކަމަށް އެހީވުމަށް ގޮވާލައްވާފައެވެ.
މި ޕޯޓަލަށް މެދުވެރިކޮށް އެކި ކަންކަމަށް ފައިސާ ލިބުނު އެހީގެ ތަފްސީލުތައް މިނިސްޓަރު ޝަހީމް ވަނީ އާއްމުކުރައްވާފައެވެ. އެގޮތުން މިސްކިތްތައް ބިނާކުރުމަށް ފައިސާއިން މިހާތަނަށް 91،375.35 ލާރި ލިބިފައިވާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި މިސްކިތްތައް މަރާމަތުކުރުމަށް އެހީވާ ބަޔަށް މިހާތަނަށް 18،330.95 ލާރި ލިބިފައިވާކަންވެސް ހިސާބުތަކުން ދައްކައެވެ.
ވަގުފު ފަންޑަށް ފައިސާ ލިބިފައިވާގޮތް
މިސްކިތް އަޅަން ކޮންމެ ދިވެއްސެއްގެ އަތުން 1000 ރުފިޔާ ނަގަން ކެމްޕެެއިނެއް ފަށަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޖަމިއްޔާ ޖަމާއްތަކަށް މީގެކުރިން ގޮވާލާފައެވެ.