ads
އިލެކްޝަނެއްގައި މީހަކު ވޯޓުލަނީ. ފޮޓޯ: އީސީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި މަޖިލިސް އިންތިހާބާ އެއްކޮށް ބާއްވަން އެދިއްޖެ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި މަޖިލިސް އިންތިހާބާއެކު ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިކަމަށް ހަބަރުތައް ފެތުރިއްޖެއެވެ.
Advertisement

ރައީސް މި ކަންކަމަށް ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތާއީދަށް އެދިވަޑައިގަތީ އިއްޔެ މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ ވިސްނުން ރައީސް މުއިއްޒު ފުރަތަމަ ހާމަކުރެއްވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައެވެ. 

އޭރު ރައީސް ވިދާޅުވެފައިވަނީ މިއީ އެޓަރނީ ޖެނެރަލާ ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް ކަމަށާއި ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށެވެ. 

ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައެއް ނުވެއެވެ.

ހަތަރު އިންތިހާބުގައިވެސް ވެރިކަން ލިބުނީ ދެވަނަ ބުރަކަށް ގޮސް ކޯލިޝަން ހަދައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް