ads
މަސްތުވާތަކެތި
ޕީޖީ އެދިގެން ޑްރަގް ކޭސްއެއްގައި ދޫކޮށްލި މީހަކު އަނެއްކާވެސް ހައްޔަރަށް
ޑްރަގް ކޭސްއެއްގައި ހައްޔަރު ކުރި، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ދެ މީހަކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިގެން ކޯޓުން ދޫކޮށްލާފައިވަނިކޮށް، އޭގެ ތެރެއިން އެކަކު އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނިކޮށް، ޕީޖީން އެދިގެން ދޫކޮށްލި ދެ މީހުންނަކީ، ގދ. ވާދޫ ބެރޫމާގެ އަހްމަދު ޝައްފާފް 26، އަދި ށ. ޅައިމަގު ފިއުޗަރ، މުހައްމަދު އަނަސް 25، އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި މި ދެ މީހުންނަކީވެސް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ނިސްބަތްވާ ދެ މީހުންނެވެ. މި ދެ މީހުން ދޫކޮށްލީ މިދިޔަ މާރިޗު މަހުއެވެ.

"މި މައްސަލައިގެ ދައުވާ މިހާރު ކޯޓަށް ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ ވަރަށް މަދު އަދަދަކަށްވާއިރު، އެކަމުގެ މައްޗަށް ރިއާޔަތްކޮށް ބަންދުން ދޫކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައިވާތީ، މިކަމުގެ މައްޗަށް ރިއާޔަތްކޮށް ޝަރުތުކުރުމަށް ފަހު ބަންދުން ދޫކުރުމަށް ނިންމާފައިވެ އެވެ" ކްރިމިނަލް ކޯޓުން މި ދެ މީހުން ދޫކޮށްލި ބަންދު އަމުރުގައި މިދިޔަ މަހިު ލިޔުއްވާފައިވެ އެވެ.

މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ދެ މީހުންވެސް ދޫކޮށްލީ، ޕީޖީން އެދިގެން ޝަރުތު ކުރުމަށް ފަހުއެވެ. މި ދެ މީހުން ބަންދުން ދޫކޮށްލިއިރު، ދެ މީހުންގެ މައްސަލަ ދައުވާ ކުރަން ކޯޓަށް ހުށަހަޅާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މި ދެ މީހުންގެ ތެރެއިން މަސްތުތާވަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކުރީ، ގދ. ވާދޫ ބެރޫމާގެ އަހްމަދު ޝައްފާފްއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، ބަންދަށްވަނީ ފަސް ދުވަސް ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް