ads
އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަަޑުއެހުން - ފައިލް ފޮޓޯ
ޖިނާއީ ޝަރީއަތުގައި ރައީސް ޔާމީން އަލުން ކޯޓަށް ގެންދަނީ
ރައީސް ޔާމީނާ ދެކޮޅަށް ކުރީ ސަރުކާރުގެ ދުވަސްވަރު ކޯޓަށް ހުށަހެޅި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑު އެހުމެއް ތާވަލުކޮށްފި އެވެ.
Advertisement

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހަށެވެ. 

އެންމެ ފަހުން ފުއްގިރީގެ މައްސަލައިގެ އަޑުއެހުމެއް އޮތީ އޮގަސްޓް، 2023 ގަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހަށް ވެސް އެ މައްސަލާގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ފަހުން ކެންސަލްކުރި އެވެ.

އެމްއެމްޕީއާރު މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، ޔާމީންގެ އިތުރުން އެ މައްސަލާގައި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު، ޔާމީންގެ މައްސަލަ އަލުން ތާވަލު ކުރިއިރު، ރައީސް ޔާމީން މިނިވަން ކުރުމަކީ ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަމަކު ވެރިކަމުގެ އެންމެ ކުރީކޮޅު ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޑރ. މުއިއްޒުއަށް ތާއީދު ކުރުވުނީތީ ހިތާމަ ކުރައްވާ ކަމަށް ޔާމީންވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް