
ސައީދު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އިއްވެ ހުންނަވާ އުފައްދެވި ޕީޕަލްސް ނޭޝަނަލް ފުރަންޓް (ޕީއެންއެފް) ރޭ ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ލީޑާޝިޕްގައި ހިމަނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުވާ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ މަކަރު ހަދާ މީހުން ނަމާދު ކުރިޔަސް އެމީހުންނަށް ސުވަރުގެ ހާރާންކަމަށެވެ.
މިވާހަކަތަކާއި ގުޅިގެން ޑރ ޖަމީލަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ 2007 ވަނަ އަހަރު ނެގި ނިޒާމީ ވޯޓުގެ ކުރިންވެސް އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ޑރ ޖަމީލޫ ރުންކުރުވެ، އެތާތިބި ރައްޔިތުންނަށް ނާގާބިލަށް ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔަކަމަށެވެ. އަދި އޭގެ 17 އަހަރު ފަހުންވެސް މި ފެންނަނީ ހަމަ އެ މަންޒަރުކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ފަދަ ކަންކަން ފެންނަނީ ވީ ވައުދުތައް ރައީސް މުއިއްޒު ފުއްދަވަމުން ގެންދަވާތީކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައީސް ޑރ މުއިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން ހަމައިން ނައްޓަނީކަމަށް ސިފަކުރައްވަމުން ސައީދު ވިދާޅުވީ ސިޔާސީ ޕާޓި ހިންގުމުގެ ނަމުގައި ފުރައްސާރަކުރަނީ ކަމަށެވެ.
ޑރ. ޖަމީލްގެ ވާހަކަތަކަށް ފަހު ރޭ ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދެއްކި ނާއިފް ޝައުކަތު ވެސް ވަނީ ރައީސް މުއިއްޒު "މަރުވާނެ ނަމައޭ" މީހުން ހިތަށް އަރާ ކަމަށާއި ކޮފީ މޭޒުތަކުގައިވެސް ދައްކަނީ އެ ވާހަކަކަމަށް ބުނެފަ އެވެ.
ރައީސް ޔާމީންވެސް އިންނެވި ޖަލްސާގައި ޑރ. ޖަމީލާއި ނައިފް ޝައުކަތު ދެއްކި ވާހަކަތަކެއް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެެވެ.