
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 81،001 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގައި ޗައިނާ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އިނގެރޭސިވިލާތް 80،535 ޓޫރިސްޓުންނާއެކު އޮތެވެ. ތިންވަނައިގައި ރަޝިޔާ 76،243 ޓޫރިސްޓުންނާއެކު އޮތްއިރު، ހަތަރުވަނައިގައި އިޓަލީ އޮތީ 63،995 ޓޫރިސްޓުންނާއެކުއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމުލަ 736،775 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 693،869 ޓޫރިސްޓުންނެވެ.
ރާއްޖޭގައި މިހާރު 175 ރިސޯޓު ހިންގަމުންދާއިރު، 15 ހޮޓެލާއި، 808 ފަތުރުވެހިގެ އިތުރުން، 156 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓުކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށެވެ.