ads
ޕައިލެޓް ތަމްރީނުތަކުގައި ބޭނުންކުރާ ބޯޓެއް
ބުރަފަތީގައި ޖެހުނު ދަރިވަރަށް އެކަޑަމީން އެހީވަނީ، އިނގިޔެއްވެސް ވަނީ ބުރިވެފައި
މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި ޒަހަމްވި ދިވެހި ދަރިވަރުގެ ބޭސްފަރުވާއަށް އޭނާ ޕައިލެޓް ތަމްރީނު ހަމަދަމުންދިޔަ ފިލިޕީންސްގެ "އެއާވޯކްސް އޭވިއޭޝަން އެކެޑަމީ" އެހީ ހަމަޖައްސާދެމުން އަންނަކަމަށް އެތަނުން ބުނެފިއެވެ.
Advertisement

ދިވެހި ދަރިވަރު މަތިންދާބޯޓްގެ ބުރަފަތީގައި ޖެހި ޒަހަމްވި ހާދިސާ ހިނގާފައިވަނީ މިމަހުގެ 12 ވަނަދުވަހުއެވެ. މި ހާދިސާގައި ޒަހަމްވީ ހދ. ހަނިމާދޫގެ ޒުވާނެއްކަމަށްވާ އަބްދުލް މާނިއުއެވެ. 

މި ހާދިސާގައި މާނިއުގެ މޫނަށާއި އަތުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާކަން ވަނީ އެނގިފައެވެ. އަދި އޭނާގެ އިނގިއްޔެއް ވެސް ބުރިވެފައިވާ ކަންވެސް ވަނީ އެނގިފައި ވެއެވެ.

މާނިގެ ޒަހަމްތަކަށް ފަރުވާ ދިނުމަށް ބޮޑެތި ސާޖަރީތަކެއް ހަދާފައިވާކަމަށް އޭނާ އާއިލާއިން ވަނީ ބުނެފައެވެ. އަދީ އޭނާހެ ހާލު ރަނގަޅޫވަމުން އަންނަކަމަށށްވެސް އެ އާއިލާއިން ބުނެއެވެ. 

މާނިއު ކިޔަވަމުން އަންނަ ފިލިޕީންސްގެ "އެއާވޯކްސް އޭވިއޭޝަން އެކެޑަމީ" ނެރުނު ބަޔާނެއްގައި ބުނީ މާނިއުއަށް ބޭނުންވާ ބޭސްފަރުވާގެ ހުރިހާކަމެއް އެ އެކަޑަމީން ހަމަޖައްސާދެމުން އަންނަކަމަށެވެ. އަދި އާއިލާއަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެ އެކަޑަމީން ބުނެއެވެ.

މީގެއިތުރުން އެ ހާދިސާ ހިންގަން މެދުވެރި ސަބަބު ވަރަށް ގާތުން ބަލަމުން އަންނަކަމަށާއި އެކަމުގެ ތަހުގީގަށް ތިން ދުވަހަށް ހުރިހާ ދަތުރުތަކެއް ސަސްޕެންޑްކުރިކަމަށްވެސް އެ އެކަޑަމީން ބުނެއެވެ. އަދި މި ފަދަ ހާދިސާއެއް އިތުރަށް ހިނގިޔަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށާއި ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންކަންތައް ކަމަށްވެސް އެ އެކަޑަމީންގެ ބަޔާނުގައިވެއެވެ. 

ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ އެ ގައުމުގެ ފުލުހުން ގުޅިގެން ވަނީ އެކްސިޑެންޓްގެ މައްސަލަ އަަންނަނީ ތަހުގީގުކުރަމުންނެވެ. އަދި ވަރަށް އަވަހަށް އެ ތަހުގީގު ރިޕޯޓް އާންމުކުރަން ނިންމާފައިވާކަން ވަނީ އެނިގިފައެެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް