ads
އުރީދޫގެ މުވައްޒަފަކު ހާވާޑް ބިޒްނަސް ސުކޫލުން ދަސްވެނިވުން - ފޮޓޯ/ އުރީދޫ
އުރީދޫގެ އިތުރު ދެ މުވައްޒަފަކު ހާވާޑުން ދަސްވެނިވެެއްޖެ
ހާވާޑް ބިޒްނަސް ސުކޫލާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ހިންގި ކޯހެއްގައި އެކުންފުނީގެ ދެ މުވައްޒަފުން ދަސްވެނިވެެއްޖެ އެވެ.
Advertisement

އެ ޔުނިވާސިޓީން ދަސްވެނިވި މުވައްޒަފުންނަކީ މުޙައްމަދު އަކްޝަމާއި މުހައްމަދު އިބްރާހީމެވެ.

އެ މުވައްޒަފުން ދަސްވެނިވެފައި ވަނީ ހާވާޑް ބިޒްނަސް ސުކޫލާއި އުރީދޫ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް (އެލްޑީޕީ) ގުޅިގެން ހިންގި ކޯހެއްގަ އެވެ. 

އުރީދޫން ވަނީ، ދަސްވެނި އެކުންފުނީގެ މުވައްޒަފުންނަށް ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. ކުންފުނިން ބުނީ މުވައްޒަފުންގެ ހިތްވަރާއި މަސައްކަތުން ކާމިޔާބީ ހޯދައި ދީފި ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށެވެ.

your imageއުރީދޫގެ މުވައްޒަފަކު ހާވާޑް ބިޒްނަސް ސުކޫލުން ދަސްވެނިވުން - ފޮޓޯ/ އުރީދޫ

އުރީދޫއިން ހާވާޑް ޔުނިވާސިޓީއާ ގުޅިގެން ކޮންމެ އަހަރަކު ދެ މުއައްޒަފުންނަށް ތަމްރީނުދެ އެވެ.

އުރީދޫއިން 2021ގައި ފެށި މި ޕްރޮގްރާމަކީ މުވައްޒަފުންގެ ލީޑާޝިޕް ގާބިލުކަން އިތުރުކޮށް ތަރައްގީކުރުމަށް ފަރުމާކޮށްފައިވާ، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ފޯރުކޮށްދޭ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް