ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް ޑރ. މުއިއްޒު
މަޖީދިއްޔާގެ ހިޔަލުން ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް
މަޖީދިއްޔާ ސްކޫލުގެ ހިޔަލުން ގައުމަށް ގެނައި ކުރިއެރުމާއި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލް ކަމަށްވާ މަޖީދިއްޔާގެ 98 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު މި މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖީދިއްޔާގެ "ފަހުރުވެރި ހިޔަލުން" މި ގައުމަށް ގެނުވި ކުރިއެރުމާއި "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.


މަޖީދިއްޔާއަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު ކަމަށް ރައީސް ސިފަކުރެއްވި އެވެ. އަދި އެ ސްކޫލަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މަޖީދިއްޔާގެ "ފަހުރުވެރި ހިޔަލުން" މި ގައުމަށް ގެނުވި ކުރިއެރުމާއި "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.


ރައީސް ވިދާޅުވި ގޮތުގައި މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާއެކު އެވެ.

މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭން ފެށީ 19 އޭޕްރީލް 1927 ގަ އެވެ. މަޖީދިއްޔާ ސްކޫލަށް 100 އަހަރު 2027 ވަނަ އަހަރު ފުރޭއިރު، އެސްކޫލުގެ 100 އަހަރު ފުރުމާއި ދިމާކޮށް 1000 ދުވަހުގެ ކައުންޓްޑައުންއެއް މިދިޔަ އަހަރު ވަނީ ފަށާފަ އެވެ. ސަރުކާރުން ވަނީ މަޖީދިއްޔާއަށް ގަރުނެއް ވުން ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް