މިނިސްޓަރު މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ހުޅުދުއްފާރަކީ ސަރުކާރުގެ އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްގީކުރި ރަށެކެވެ. 1993 ވަނަ އަހަރުން ފެށިގެން ހުޅުދުއްފާރުގައި އުނގުލާއި ގާއުނޑޫދޫގެ މީހުން ދިރިއުޅެން ފެށި ކަމުގައިވީނަމަވެސް، މި ރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީކޮށް އިއުލާން ކުރެވުނީ 1995 ވަނަ އަހަރުގެ މާރޗް މަހު 13 ވަނަ ދުވަހުއެވެ.
ރައީސް މުއިއްޒު މިއަހަރުގެ ޖަނަވަރީ މަހު ހުޅުދުއްފާރަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ބަނދަރުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ސްކޫލްއަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.