ads
ޑްރަގާއި އެކު ހައްޔަރުކުރި ދެބެއިންކަމަށްވާ ރާއިފް ޔޫސުފާއި ރާއިގު ޔޫސުފް
ޑްރަގު ގެންގުޅުނު އެއްމާބަނޑު ދެބެއިންގެ ބަންދަށް 30 ދުވަސް
ޑްރާގާއިއެކު ހައްޔަރުކުރި އެއްމާބަނޑު ދެބެއިންގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
Advertisement

ހުޅުމާޅޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ އެއްމާބަނޑު ދެބެއިންނެވެ. އެއީ  މ. އަލިހަވާ ރާއިފު ޔޫސުފާއި ރާއިގު ޔޫސުފް އެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ބަންދަށް ހުޅުމާލޭ ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖަހާދީފައިވާކަމަށެވެ.

ފުލުހުން ބުނީ މި ދެބެއިން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލޭގެ އެޕާޓްމެންޓަކުންކަމަށެވެ. 

ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމެންޓް ބަލައި ފާސްކުރިއިރު އެތަނުން މީގެ ތެރޭގައި ފްލޭވާ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކާއި، ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތައް އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް