ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު ބުނާ ގޮތުން ބާ ކައުންސިލު ހިންގުމަށް އެގްޒެކެޓިވް ކޮމިޓީ އެކުލަވައިލުމާއި އަދި އެ ކޮމިޓީއަށް އިންތިހާބުކުރެވޭ މެންބަރުންގެ ދައުރަކީ ތިން އަހަރު ދުވަހެވެ. ތިން އަހަރުގެ ދައުރު ހަމަ ވެގެން ފަސް މެންބަރެއްގެ އިންތިހާބަށް އަންނަނީ ތައްޔާރުވަމުންނެވެ.
ބާ ކައުންސިލްގައި ދައުރު ހަމަވާ މެންބަރުން
މިޒްނާ އަހްމަދު (ނައިބު ރައީސް)
އަހްމަދު މުއިއްޒު (މެންބަރު)
ދީނާ ޙުސައިން (މެންބަރު)
އިބްރާހީމް ޝަމީލް (މެންބަރު)
ސާދިޙު ނަސީރު (މެންބަރު)
މި ފަސް މެންބަރުންގެ ދައުރު ހަމަވާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހަށެވެ. އެހެންކަމުން މި މެންބަރުންގެ ބަދަލުގައި އިންތިހާބު ކުރާ މެންބަރުންގެ އިންތިހާބު އޮންނާނީ މޭ މަހުގެ 26 ވަނަ ދުވަހު އެވެ.