ads
ހަމޭސް އިންޓަރމިއާމީއަށް ގެންދަން ބެކަމް ބޭނުންވޭ
ހަމޭސް ރޮޑްރިގޭޒް ހޯދަން ބެކަމް ގުޅައިފި
ރެއާލް މެޑްރިޑްގެ ހަމޭސް ރޮޑްރިގޭޒް ހޯދަން، އިންޓަމިއާމީގެ ރައީސް ޑޭވިޑް ބެކަމް ގުޅައިފި އެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއަށް، ހަމޭސް ރޮޑްރިގޭޒް ހޯދަން ޑޭވިޑް ބެކަމް ގުޅިކަމަށް ގޯލް ޑޮޓްކޮމްއިން ރިޕޯޓްކޮށްފައިވެ އެވެ.

ރެއާލްގެ ކުރީގެ ތަރި، އަދި އެމެރިކާގެ އިންޓަމިއާމީގެ ވެރިޔާ ޑޭވިޑް ބެކަމް، ރެއާލްގެ ރައީސް ފްލޮރެންޓީނޯއާ މަޝްވަރާ ކުރިއިރު، ހަމޭސް ރޮޑްރިގޭސްއާ ރެއާލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތް ނަމަވެސް ރެއާލުން ބޭނުންވަނީ ވެސް ކޮންޓްރެކްޓް ހަމަވެ، ކްލަބަށް އެއްޗެއް ނުލިބޭ ގޮތަށް ހަމޭސް ދިޔުމުގެ ކުރިން ޓްރާންސްފާ ފީއަކާއި އެކު އޭނާ ވިއްކާލާށެވެ. އަދި ކުރިއަށް އޮތް ޓްރާންސްފަރގައި ދޫކޮށްލާ ކުޅުންތެރިންގެ ލިސްޓުގައި ވެސް ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭސް ހިމެނިފައިވާތީ، އޭނާ ހޯދަން ބެކަމް ޝައުގުވެރިވީ އެވެ.

ބެކަމްއާއި ރެއާލްގެ ރައީސްއާ ދެމެދު ގާތް ގުޅުމެއް އޮވެ އެވެ. އަނެއްކޮޅުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއަކީ ވެސް ބެކަމްގެ ގާތް މީހެއް ކަމުން، ހަމޭސް ރޮޑްރިގޭސް ހޯދުމުގައި ބެކަމްއަށް ފަސޭހަތަކެއް އެބަހުއްޓެވެ.

ދެހާސް ސާދަވަނަ އަހަރުގެ ވޯލްޑްކަޕުގައި ވިދާލި، ހަމޭސް އެންމެ ފުރަތަމަ ރެއާލް މެޑްރިޑާ ގުޅުނީ އަށްޑިހަ މިލިއަން ޕައުންޑަށެވެ. ރެއާލްގައި ފުރުސަތު ލިބުން މަދުވެ އޭނާވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަންގެ ބަޔާން މިއުނިކަށް ދޫކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް