ads
ނަތަންޔާހޫ އަދި ބެނެޓް
ނަތަންޔާހޫއާ ވައްޓާލަން ތައްޔާރުވަނިކޮށް ބެނެޓް އަށް ހާޓް އެޓޭކް އެއް ޖެހި ހޮސްޕިޓަލްގައި
އިސްރާއީލްގެ ކުރީގެ ޕްރައިމް މިނިސްޓަރު ނަފްތަލީ ބެނެޓް އަލުން ސިޔާސީ މައިދާނަށް ނުކުމެ މިހާރުގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށް ތައްޔާރުވަނިކޮށް، އޭނާއަށް ހާޓް އެޓޭކެއް ޖެހިގެން ހޮނިހިރު ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
Advertisement

ކަފާ ސަބާގައި ހުންނަ މެއީ މެޑިކަލް ސެންޓަރަށް އުމުރުން 53 އަހަރުގެ ބެނެޓް ވެއްދުމަށްފަހު ކާޑިއަކް ކެތެޓަރައިޒޭޝަން ޕްރޮސީޖާއެއް ހަދާފައިވެއެވެ. މިހާރު ބެނެޓް ހުރީ ރަނގަޅު ސްޓޭބަލް ހާލަތެއްގައި ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ހޮސްޕިޓަލުން މި ހާދިސާ ސިފަކޮށްފައިވަނީ "ކާޑިއަކް އިވެންޓެއް" ގެ ގޮތުގައެވެ.

ބެނެޓް ހޮސްޕިޓަލަށް ދާން މި ޖެހުނީ އޭނާ އަލުން ސިޔާސީ މައިދާނަށް ނުކުމެ، އިޒްރޭލުގެ މިހާރުގެ ޕްރައިމް މިނިސްޓަރު ބެންޖަމިން ނަތަންޔާހޫއާ ވާދަކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ފަހުން އޭނާ ވަނީ "ބެނެޓް 2026" ނަމުގައި އާ ޕާޓީއެއް ވެސް ރަޖިސްޓްރީ ކޮށްފައެވެ.  

ބެނެޓްގެ ހާލަތާ ގުޅިގެން އިސްރާއީލްގެ އޮޕޮޒިޝަން ލީޑަރު ޔައީ ލަޕިޑް އަދި އެމްކޭ ބެނީ ގަންޓްޒް ފަދަ ސިޔާސީ ލީޑަރުން ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ހެޔޮ އެދުންތައް ފޮނުވާފައެވެ. ބެނެޓް މިހާރު ހުރީ ހޮސްޕިޓަލްގައި މޮނިޓިންގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް