ads
ދެ އިންތިހާބު އެއްކޮށްލާ ފެންނަ ނުފެންނަ ވޯޓުގެ ވޯޓް ކަރުދާސްކޮޅޫ އޮންނަ ގޮތް
ފެންނަ ނުފެންނަ ވޯޓުގެ ކަރުދާސްކޮޅު އޮޮންނަގޮތް އީސީ ދައްކަލައިފި
ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތީ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ކަރުދާސްކޮޅު އޮންނަ ގޮތް އިލެކްޝަންސް ކޮމިޝަނުން ދައްކާލައިފިއެވެ.
Advertisement

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ބޭނުން ކުރާ ވޯޓް ކަރުދާސްކޮޅޫތަކުގެ ނަމޫމާތައް މިއަދު އީސީން ވަނީ އާޢްމުކޮށްފައެވެ. 

ދެ އިންތިހާުބުގެ ވޯޓް އެއް ދުވަހެއްގައި ބާއްވަން ފެނޭތީ ނަގާ ވޯޓު ކަރުދާހުގައި ސުވާލެއްގެ ގޮތުގައި އޮތީ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުން މަޖލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުން މަޖިލީހުން ފާސްކުރައްވާފައިވާ " ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހުގެ ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭ ހެއްޔެވެ. މިހެންނެވެ. 

ދެ އިންތިހާބު އެއްކޮށްލަން މައި އިދިކޮޅު ޕާޓީ އެމްޑީޕީން ނޫން ހުރިހާ ޕާޓީއަކުން ވަނީ ތާއީދުކޮށްފައެވެ. އަދި އެ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަައެއްވެސް ވަނީ ވަކީލުންތަކެއް ހުށައަޅާފައެވެ. 

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ވަނީ ނެރަފައެވެ.

އެ ކޮމިޝަންގެ ލިސްޓްގައިވާ ގޮތުން ތިން ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. 

އެންމެ ފުރަތަމަ އީސީން ނެރުނު ލިސްޓުގައިވާ ގޮތުން ވޯޓް ދިނުމުގެ ހައްގުލިބިގެންވަނީ 294،937 މީހުންނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;