ads
އިންޑޮނޭޝިއާ
އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި
އިންޑޮނޭޝިއާގެ ސެރަމް އައިލެންޑަށް 5.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް ޖަރުމަނުގެ ރިސާޗް ސެންޓާ ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ހާމަކޮށްފިއެވެ.
Advertisement

މި ބިންހެލުން އައިސްފައިވަނީ 2025 އޭޕްރިލް 21 ވަނަ ދުވަހު، ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ނަމަވެސް މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.

އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީން ބުނީ މި ބިންހެލުން އައިސްފައިވާކަން ކަށަވަރުކުރި ނަމަވެސް، ސުނާމީގެ ނުރައްކަލެއް ނެތްކަމަށެވެ. ސެރަމް ރަށަކީ މަލުކު ޕްރޮވިންސްގައި ހިމެނޭ، ޕެސިފިކް ރިންގް އޮފް ފަޔާ ސަރަހައްދުގައި އޮންނަ ރަށެއްކަމުން، ޓެކްޓޮނިކް ހަރަކާތްތަކާ ގުޅިގެން ބިންހެލުން އާންމުކޮށް އަންނަ ސަރަހައްދެކެވެ. ކައިރީގައި ދިރިއުޅޭ މީހުން ބުނާގޮތުން މެދުމިނުގެ ހެލުމެއް އިހުސާސްކުރެވުނު ނަމަވެސް، އެއްވެސް ބޮޑު ގެއްލުމެއް ނުވަތަ ހާނިއްކައެއްގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އިންޑޮނޭޝިއާގެ އޮތޯރިޓީތަކުން މި ސަރަހައްދުގައި އިތުރު ބިންހެލުންތައް އައިސްދާނެތޯ ބަލަމުންދާ ކަމަށް ލޯކަލް އޮތޯރިޓީތަކުން ހާމަކޮށްފައިވެއެވެ. ގިނަ ޖަޒީރާތަކެއް ހިމެނޭ ޤައުމެއްކަމުން، އިންޑޮނޭޝިއާއަކީ ބިންހެލުން އާންމުކޮށް އަންނަ ގައުމެކެވެ. އެހެންކަމުން، ނުރައްކާތައް ކުޑަކުރުމަށް ވަރުގަދަ މޮނިޓަރިން ސިސްޓަމްތަކެއް ގާއިމްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް