ads
ރާއްޖެގައި މިހާރު އުޅޭ ޓިކްޓޮކްގެ އިސްވެރިންގެ ޓީމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވުމުގެ ތެރެއިން
ޕްރެފަރަންޝަލް ވޯޓިން ނިޒާމަކަށް ވަކާލާތުކުރައްވާކަން ރައީސް މުއިއްޒު ހާމަކުރައްވައިފި
ރިޔާސީ އިންތިހާބު އެއް ބުރުން ނިންމައި ވެރިއަކު ހޮވުމަށް ޕްރެފަރަންޝަލް ވޯޓިން ނިޒާމަކަށް ވަކާލާތުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
Advertisement

މިކަން ރައީސް ހާމަކުރެއްވީ އާންމުންނަށް ވަދެވޭގޮތަށް ހުޅުވި އެ މަނިކުފާނުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައެވެ.

"އަޅުގަނޑު ވަކާލާތުކުރަމުން މިއަންނަ ވޯޓިން ނިޒާމަކީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމު" މިހެން އިނގިރޭސިން ރައީސް އެ ގުރޫޕަށް ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެއެވެ.

ޕްރެފަރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން އެއް ބުރުން ރިޔާސީ އިންތިހާބު ނިންމުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގައި ރައީސް ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ކިބައިން އެއްބާރުލެއްވުމަށް މިދިޔަ ބުދަ ދުވަހު އެދިވަޑައިގެންފައެވެ. އަދި މިކަމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މިއަހަރު ނެގުމަށް ވިސްނަވާކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. މިހާރު ވެސް ސަރުކާރުގެ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ކެމްޕެއިނެއް ފަށާފައެވެ.

ޕްރެފަރަންޝަލް ވޯޓިން ނިޒާމުގައި ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެންނެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، މިފަދަ ގޮތަކަށެވެ. 50 ޕަސަންޓަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް "އެކެއް"ގެ ރޭންކިންގައި ވޯޓު ދީފި ނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެއެވެ. ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވައިގެން ރައީސް ހޮވާ ގޮތަށް މިހާރު އޮންނަ ނިޒާމު ބަދަލުކުރަން ތާއީދު ކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެގޮތަށް ބަދަލުކުރަން ދެކޮޅުކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންތިހާބީ އިސްލާހެއް ގެނައުމުގެ ބަހާނާގައި ސަރުކާރުން އުޅެނީ ރައްޔިތުންގެ އަޑު ހަނިކުރަން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް