ads
ޕޯޕް ފްރާންސިސް
ނަސޯރާއިންގެ އީދެއްގައި، ޕޯޕް ފްރާންސިސް 88 އަހަރުގައި މަރުވެއްޖެ
ކެތޮލިކް ޗާޗުގެ އެންމެ މަތީ ވެރިޔާ ޕޯޕް ފްރާންސިސް 88 އަހަރުގައި ނަސޯރާއިންގެ އީދެއްކައުގވައިވާ އީސްޓާ ގައި މަރުވެއްޖެއެވެ.
Advertisement

ވެޓިކަން ސިޓީގެ ކާސާ ސަންޓާ މާޓާގައި ހުންނަވަނިކޮށް މަރުވި ހަބަރު ކާޑިނަލް ކެވިން ފެރެލް ވަނީ އިއުލާން ކޮށްފައެވެ. ލެޓިން އެމެރިކާއިން އައި ފުރަތަމަ ޕޯޕް ކަމަށްވާ ފްރާންސިސް 2013 ވަނަ އަހަރު ޕޯޕްކަމަށް ހޮވުނެވެ. އޭނާ ފާހަގަކޮށްލެވުނީ ނިކަމެތިންނާއި، ބިދޭސީންނާއި، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރި މީހެއްގެ ގޮތުގައެވެ. 

ޕޯޕް ފްރާންސިސް ވަނީ ފަހަކަށް އައިސް ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދާފައެވެ. ޒުވާން އިރު ފުއްޕާމޭގެ ބައެއް ނަގާފައިވާ ޕޯޕް ފްރާންސިސް މި އަހަރު ފެބުރުއަރީމަހު ގައި ޑަބަލް ނިއުމޯނިއާ ޖެހި ހޮސްޕިޓަލްގައި އެޑްމިޓްވެފައިވެއެވެ. ސިއްހަތު ދެރަވެފައި ވީނަމަ ވެސް، އީސްޓާ ސަންޑޭ ކަމަށްވާ 20 އޭޕްރިލްގައި ސެންޓް ޕީޓާސް ސްކުއެއަރގައި ހާޒިރުވެ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސްއާ ބައްދަލުކުރިއެވެ. 

ޕޯޕުގެ އެންމެ ފަހު "އުރުބީ އެޓް އޯރުބީ" މެސެޖުގައި ގައްޒާ އަދި ޔުކްރެއިން ފަދަ ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި ސުލްހަ ގާއިމުކުރުމަށް ގޮވާލާފައިވެއެވެ.

ޕޯޕް ފްރާންސިސް މަރުވި ހަބަރު ހެނދުނު 7:35 ގައި އިއުލާންކުރުމުން ގިނަ ބަޔަކު ވަނީ ހިތާނަވެސް ފާޅުކޮށްފައެވެ. އޭގެތެރެގައި ދުނިޔޭގެ ލީޑަރުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ކިންގް ޗާލްސް އަދި އިޓަލީގެ ޕްރައިމް މިނިސްޓަރު ޖިއޯޖިއާ މެލޯނީ ހިމެނޭ ގޮތަށް، ޕޯޕްގެ އޯގާތެރިކަމާއި ސުލްހައަށް ކުރި މަސައްކަތް ވަނީ ތައުރީފުކޮށްފައެވެ.

ޕޯޕް ފްރާންސިސް ވަނީ ސާދާ ޖަނާޒާއެއް ބޭއްވުމަށް އެދިފައެވެ. އަދި ވެޓިކަންގެ އާދަކާދައާ ހިލާފަށް ބޭސިލިކާ އޮފް ސެންޓް މޭރީ މޭޖާގައި ވަޅުލުމަށް އޭނާ ވަސިއްޔަތްކޮށްފައިވެއެވެ. 

ކާޑިނަލުންގެ ކޮލެޖުން ކުރިއަށް އޮތް 20 ވަރަކަށް ދުވަހުގެ ތެރޭގައި އާ ޕޯޕަކު ހޮވުމަށް ކޮންކްލޭވްއެއް ބާއްވާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް