ads
ބޯޓުން ހައްޔަރު ކުރި 10 މީހުން
ޑްރަގު އެތެރެކުރި ބޭރު މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައިފި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހިފެހެއްޓި ބޭރުގެ ބޯޓުން ހައްޔަރު ކުރި މީހުންނަށް އެންމެ ފަހުން ދައުލަތުން ވަކީލުން ހަމަޖައްސަން ޖެހިއްޖެއެވެ.
Advertisement

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހިފެހެއްޓި ބޯޓުން 10 މީހުން ހައްޔަރު ކުރިއެވެ. އެ 10 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ. މި އެންމެންގެ ބަންދު އެކި ފަހަރު މަތިންވަނީ އިތުރުކޮށްފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 މީހުން ހައްޔަރުކޮށް ބޭރުގެ ބޯޓެއް ހިފަހައްޓާފައިވާއިރު އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް ތަހުގީގަށްވަނީ ފާހަގަ ކުރެވިފައެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ މީހުން ބަންދު މުއްދަތު މަޖިލީހުގައި ބުނެފައިވަނީ މަސްތުވާތަކެތި ބޯޓުގައި ހުރިކަން ނޭގޭ ކަމަށެވެ.

މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން

ނަސްވަން އާދިލް (30އ)

އެޑްރިއަންސަޔާ (25އ)

މުޙައްމަދު އިޤްބާލް މަކްރޫމް (30އ)

ޕްރަބާކަރަން ނަގަރާޖަން (35އ)

ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)

ގަނޭޝް ބޮމްމާލީ (22އ)

ޑަތުކިލޭ ދަރްޝަން ވިޖޭ (22އ)

ޕީޓާ ވިނީ (28އ)

ސަރަން ޕަދްމަން (28އ)

ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރުކޮށްފައިވަނީ މާރިޗު މަހު އެވެ. ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މީހުންގެ ތެރެއިން އެންމެ ފަހުން މުއްދަތު އިތުރު ކުރި މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހުންނަށް ދައުލަތުންވަނީ ވަކީލުން ހަމަ ޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް