
މި ޕްރޮގްރާމްގެ ދަށުން ކޮންމެ މަހަކު ބާއްވާ ލަކީ ޑްރޯއަކުން އެއް ނަސީބުވެރިއަކަށް ޕްލޭސްޓޭޝަން 5 ޕްރޯއެއް ހަދިޔާކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ގޭމަރުންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކުރުމުގެ ރަނގަޅު ފުރުސަތެކެވެ. މި ފުރުސަތުގައި ބައިވެރިވުމަށް ޑީޖީޖީއަށް ސައިން-އަޕްކޮށް، އެ ފަރާތުގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓްތައް ފޮލޯކުރުން ފުދޭނެއެވެ.
މި ޕްރޮގްރާމަކީ ތިން މަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށްވެފައި، ރާއްޖޭގެ ކޮންމެ ފަރާތަކަށްވެސް މި ފުރުސަތުގައި ބައިވެރިވެވޭނެއެވެ. ކޮންމެ މަހަކު ނަގާ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް އައު ޕީއެސް5 ޕްރޯއެއް ލިބޭނެއެވެ. ހޮވޭ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކުރުމަށްވަނީ ހަމަޖެހިފައެވެ.
ދިރާގު ގޭމާސް ގިލްޑްއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް އެހީތެރިވެދެމުންނެވެ. މީގެ އިތުރުން ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމިންގ ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ.