ads
މިޔަރު ހަމަލާ ދީކާލި މީހާ ހޯދުމަށް މަސައްކަތް ކުރަނީ:-
އެންމެންގެ ލޯ ކުރިމަތީ މިޔަރެއް އިޒްލޭލު މީހަކު ނޮޅާ ކައިލައިފި
އިޒްރޭލްގެ ހަދެރާ ބީޗުގައި މޫދަށް އެރި އުޅުނު މީހަކު މިޔަރެއްގެ ހަމަލާދީ އެންމެންގެ ލޯ ކުރިމަތީގައި ކައިލައިފިއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ އެތައް ބަޔަކު ބަލަން ތިއްބާއެވެ.

އިޒްރޭލް ޕޮލިހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަދެރާ ސްޓްރީމް ބީޗް ކައިރީގައި ކަމަށެވެ. މަދުވި މީހާ ހޯދުމަށް ޕޮލިހުންނާއި މަގެން ޑޭވިޑް އަދޯމް އިމަޖެންސީ ސަރވިސްއިން ހެލިކޮޕްޓަރާއި ޖެޓް ސްކީ ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މިހާތަނަށް އެ މީހާ ފެނިފައެއް ނުވެއެވެ. 

ހާދިސާ ދުށް މީހުން ބުނާ ގޮތުގައި މިޔަރު ހަމަލާދިނީ ސްނޯކުލް ކުރާ މީހަކަށެވެ. އަދި ވީޑިއޯ ފުޓޭޖުން ފެންނަނީ މީހަކު ފެންމަތީގައި އޮއްވައި މިޔަރު އައިސް ކާލާ މަންޒަރެވެ. ޗެނަލް 12 އިން ރިޕޯޓުކުރި ގޮތުގައި އެ މީހާ ހޯދުމުގެ މަސައްކަތުގައި އުޅުނު ފީނާ މީހަކަށް ވެސް މިޔަރު ހަމަލާދީފައިވެއެވެ. މި ބީޗް ވަނީ އާންމުންނަށް ބަންދުކޮށްފައެވެ.

ހަދެރާ ސަރަހައްދުގެ ކަނޑުގެ ފެން ހޫނުވަނީ އޯރަޓް ރަބިން ޕަވާ ޕްލާންޓުން ބޭރުކުރާ ހޫނު ފެނުގެ ސަބަބުން މިޔަރުގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން ނޮވެމްބަރު މަހުން މޭ މަހާ ހަމައަށް "ޑަސްކީ" އަދި "ސޭންޑްބާ" މިޔަރުތައް މި ސަރަހައްދަށް އާދެއެވެ. މި ބާވަތުގެ މިޔަރުތަކުން އާންމުކޮށް އިންސާނުންނަށް ހަމަލާ ނުދޭ ކަމަށް ބެލެވުނު ނަމަވެސް، ފަހަކަށް އައިސް މިޔަރުތަކާ ކައިރީގައި ފަތައި، މަސް ހިފައި ހަދާ މީހުން ގިނަވުމާ ގުޅިގެން ހަމަލާތައް އިތުރުވެފައިވާކަމަށް ތަހުގީގުކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ހަދެރާ މިއުނިސިޕަލިޓީގެ ކޯސްޓަލް ޑިޕާޓްމަންޓުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ މޫދަށް ނޭރުމަށާއި މިޔަރުތަކަށް ކާންދީ އެތަކެއްޗާ ނުތޮޅުމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް