އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް19އާ ގުޅިގެން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
އަދި މިހާރު އިމާދުއްދީން ސްކޫލާއި ޣާޒީ ސްކޫލް ވަގުތީ ހިޔާގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މި ސްކޫލްތަކުގެ އިތުރުން، ބޭނުންވާ މިންވަރަކުން އެހެން ސްކޫލްތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި، އަދި މިއީ ކޯވިޑް19އާ ގުޅިގެން ތަފާތު ސަބަބުތަކާހެދި ދިރިއުޅޭނެ ރައްކާތެރި ތަނެއް ނެތިފައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.