ads
ޕީޖީގެ އަމުރަށް ގޯއްޗާއި ފްލެޓްތަކާ ގުޅޭ އަވަސް ތަހުގީގެއް އޭސީސީ އިން ފެށުން
އޮޅުވާލައިގެން ހުޅުމާލެއިން އެޗްޑީސީ މުވައްޒަފަކު ބިން ވިއްކި މައްސަލައެއް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެ.ޗް.ޑީ.ސީ) ގެ މުވައްޒަފަކު ހުޅުމާލެއިން ބިން ވިއްކާނެކަމަށް އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާކުރަން އޭސީސީން، ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
Advertisement

އޭސީސީން ބުނީ މި މައްސަލާގައި ދައުވާކުރަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަޤާމުގައި ކުރިންހުރި މުވައްޒަފެއްކަމަށްވާ މ.ސީވިންޑް، ފުތިހަ ޝާކިރު ގެ މައްޗަށްކަމަށެވެ.  

އޭނާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެކަމަށްބުނެ، އޮޅުވާލައިގެން އަމިއްލަ ފަރާތަކުން 550،000.00 (ފަސް  ލައްކަ ފަންސާސްހާސް) ރުފިޔާ ނަގާފައިވާކަމަށެވެ. 

2022 ވަނަ އަހަރު އެޗް.ޑީ.ސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2،600 (ދެހާސް ހަ ސަތޭކަ) އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިހަ ޝާކިރު، އެޗް.ޑީ.ސީގެ ނަމުގައި ސައްހަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550،000.00 (ފަސް  ލައްކަ ފަންސާސްހާސް) ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަހުގީގަށަ ހޯދިފައިވާކަމަށް އޭސީސީން ބުނެއެވެ. 

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާކަމަށް އޭސީސީން ބުނެއެވެ. އަދި ބިން ވިއްކާނެކަމަށްބުނެ ފުތިހަ ޝާކިރު ހޯދާފައިވާ 550،000.00 (ފަސް  ލައްކަ ފަންސާސްހާސް) ރުފިޔާ އެ ދައުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާނެކަމަށް އޭސީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް