ads
އޭދަފުށި: ފޮޓޯ - ސީ ފްރޮމް ދަ ސްކައި
ރޭގަނޑު އެކަނި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ފުލުހުން ނަގަނީ
ބ. އޭދަފުށީގައި ރޭގަނޑު ބެލެނިވެރިއަކާ ނުލައި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެރަށުގެ ފުލުހުން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ޗިލްޑްރެން ޑާޓާ ބޭސް އިފްތިތާހުކޮށް ޑާޓާ ބޭސް އެއްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އިއްޔެ ފެށި މި މަސައްކަތަކީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކޮށް އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ފެށި ހަރަކާތެއްކަމަށް ފުލުހުން ބުނެއެވެ.

މި މަސައްކަތުގެ ތެރެއިން، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައަށް ގެނައުމަށް އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެކަމަށް ފުލުހުން ބުނެއެވެ.

ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް، ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ހިންގަމުންދާކަމަށް ފުލުހުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް