ads
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު - ފޮޓޯ؛ މިހާރު
"އެއްވުމުގައި ދެއްކި ވާހަކަ ތަކާގުޅިގެން ތަހުގީގެއް ކުރަން ނުުބުނަން"
ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރަމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި މައްސަލަ ތަހުގީގު ކުރަން ފެށީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގުގެ އޮފީހުން އަންގައިގެން ކަމަށް ފުލުހުން މިއަދު ބުނި ވާހަކަ އެ އޮފީހުން ދޮގުކޮށްފި އެވެ.
Advertisement

ރާއްޖޭގައި ވޭޕް މަނާކުރީ ރައީސް މުއިއްޒުގެ ދަރިކަލަކު ވޭޕް ބޭނުން ކުރެއްވުމުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތައް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި އެ މައްސަލާގައި އޭނާގެ ޖިންސީ ގުނަވަން ފިޔަވާ ހުރިހާތަނެއްގެ ފޮޓޯ ނެގުމަށް ފުލުހުން މަސައްކަތް ކުރާކަމަށް ބުނުމުން ފުލުހުން މިއަދު ވަނޫ ނޫސްބަޔާނެއް ނެރެފައެވެ. 

އެ ބަޔާނުގައި ބުނީ އެ މައްސަލައަކީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށައެޅުުމުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ މި ވާހަކަތައް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ދޮގުކޮށްފަ އެވެ. 

އެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ނެރުނު ބަޔާނުގައިވަނީ ސައްހަ މައުލޫމާތުތަކެއް ނޫންކަމަށެވެ. އެގޮތުން މުޒާހަރާގެ ވީޑިއޯ އެތަނުގެ ސަމާލުކަމަށް އައުމުން، އެ މައްސަލައިގައި ދެން އަމަލު ކުރަންވީ ގޮތާއި ޖިނާއީ ތަހުގީގެއް ކުރުމަށް އެދިފައި ނުވާނެކަމަށް އެ އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ. އަދި އެ އޮފީހުން އެދުނީ އެ ފަދަ ހަރަކާތްތަކުގައި ފުލުހުން އިންތިޒާމްވެ ތިބޭއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، ކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަ ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކޮށްދިނުމަށް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

" އެއްވެސް ބާވަތެއްގެ ތަހުގީގެއް ކުރުމަށް ފުލުހުންގެ އިދާރާއިގައި އެދިފައި ނުވާތީ މިއަދު [ފުލުހުން] އާއްމު ކުރި ނޫސް ބަޔާނުގައި މި އޮފީހާ ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން" ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ނެރުނު ނޫސް ނޫސް ބަޔާނުގައިވެ އެވެ.

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނެގުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން އެ މައްސަލަ ވަނީ ހޫނުވެފަ އެވެ. 

ޗިލްޑްރަން އޮމްބަޑްސްޕާސަންގެ އޮފީހުން ފުލުހުންގެ ދެއްކި ވާހަކަތައް ދޮގުކުރިއިރު، އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ފުލުހުންގެ ތަހުގީގު ހިންގަނީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ އަމުރަށެވެ. އެހެން ނަމަވެސް ފަސްޓްލޭޑީ ސާޖިދާގެ ވަކީލު، އާޒިމާ ޝުކޫރު ވަނީ ފުލުހުންގެ ތަހުގީގާ، ސާޖިދާގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް