
އަހުތަރު މަރުވި އިރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ ބުނެފައިވަނީ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ތަހުގީގު ކުރުމަށްފަހު ދެ ފުލުހަކަށް ދައުވާ ކުރަން ހުށަހެޅުމުން އިތުރު ކަންކަން ފުރިހަމަ ކުރުމަށް ޕީޖީން އެދުނެވެ. އެ މައްސަލައިގައި ޕީޖީން ދައުވާ ނުކުރަން ނިންމީ އެޗްއާރްސީއެމް އިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ފޮނުވި ފަހުންނެވެ. އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޯގަސްޓު 29، 2024، ގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ ރަހީނުކުރި މައްސަލައިގަ އެވެ. ހައްޔަރުކުރުމުގެ ތެރޭގައި އަތުހަރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
އަހްތަރު
ބަންދުކޮށްފައި ހުރި ގޮޅީގައި އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ގައެވެ. އޭނާ ދަންޖެހެން ބޭނުން ކުރީ ސޯޓުގައި އަޅުވާފައި އިން ނާޑުވާ ކަމަށް ވެއެވެ. އެއާއެކު އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ސެޕްޓެމްބަރު 2 ގައެވެ. އަތުހަރުގެ މަރުގެ މައްސަލަ އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓަގިރިޓީ ކޮމިޝަނުން ތަހުގީގު ކުރި އެވެ. އަދި އޭނާގެ އަމިއްލައަށް މަރުވާން ފުރުސަތު ލިބުނު ގޮތާ ގުޅިގެން ފުލުހުންގެ އިންޓާނަލް ތަހުގީގެއް ވެސް ހިންގި އެވެ. ނަމަވެސް މިހާތަނަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ފުލުހުންގެ އިންޓާނަލް ތަހުގީގާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.