ads
މިނިސްޓަރު އަބްދުﷲ މުއްތޮލިބު
"ހިޔާވަހި" ސްކީމުގައި ކުރެހުން ހުށަހެޅުމަށް ލުއިފަސޭހަ ގޮތްތަކެއްހަމަޖައްސަނީ
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލާއިރު، ކުރެހުން ހުށަހެޅުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ވިދާޅުވިގޮތުގައި، ކުރިން ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހަޅާއިރު، ފާސްކޮށްފައިވާ ކުރެހުމެއް ހުށަހަޅަން ކަނޑައަޅާފައިވަނީ ބޭންކުތަކުން އެ ގޮތް ބޭނުންވެގެން ކަމަށެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ، އުސޫލަށް ބަދަލުގެނެސް، ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިންނިއަރިން އާއި އާކިޓެކްޓް ސްޓޭމްޕް ޖަހާފައިވާ ނަމަ ހުށަހެޅޭނެކަމަށް ވިދާޅުވިއެވެ.

"ހިޔާވަހި" ސްކީމުގެ ދަށުން ލޯނު ދޫކުރާނީ 5 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި 25 އަހަރުގެ މުއްދަތަށެވެ. މި ލޯނު ދޫކުރެވޭނީ އަލަށް ގެއެއް އިމާރާތްކުރާ ފަރާތްތަކަށާއި، ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ފަރާތްތަކަށެވެ. މި ސްކީމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، މިކަމުގައި ހައުސިން މިނިސްޓްރީއާއެކު ބީއެމްއެލްގެ އިތުރުން، އެޗްޑީއެފްސީ އަދި އެމްއައިބީވެސް ބައިވެރިވެއެވެ.

މި ސްކީމުގެ ދަށުން ތިން ގިންތިއަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް، އާބަން ސެންޓަރުތަކުގައި 3 މިލިއަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެއެވެ. މިއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކަށްވެސް ލޯނު ލިބޭނެ ފުރުސަތެއްކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ހައުސިން މިނިސްޓަރުގެ މަޢުލޫމާތުން، ލޯނު އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު، ކުރެހުން ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެކަންވެސް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް