ads
މުޅި ކޯހުން އެއްވަނަ ހޯދީ ޕްރައިވެޓް ހަމްނާ ރަޝީދަށް ދިފާއި ވަޒީރު ގައްސާން މައުމޫން ތަށި ހަވާލުކޮށްދެއްވަނީ
"ފާއިތުވި 15 އަހަރު އަސްކަރިއްޔާއަށް އިހުމާލުވުމުން ނިރުބަވެރި ހަމަލާތަކަށް މަގުފަހިވި"
ފާއިތުވި 15 އަހަރު ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އިހުމާލުވެފައިވާތީ ދިވެހިރާއްޖޭގައި ނިރުބަވެރި (ޓެރަރިސްޓު) ހަމަލާތައް ދިނުމަށް މަގުފަހިވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
Advertisement

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ގައްސާން ވިދާޅުވީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ސީދާ އަސަރުކުރާ ފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ގައުމުގެ އިސްވެރިންނަށް ފަސޭހަކަމާއެކު ދެވިފައިވަނީ ކުރީގެ ސަރުކާރުތަކުން އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމަށް އިހުމާލުވެ، ގައުމަށްވުރެ އެހެން ކަންކަން އިސްކޮށްފައިވާތީ ކަމަށެވެ.

ގައްސާން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގައި އެއާ ކޯއެއް އުފައްދައި ޑްރޯން ގެނައުމާއި އެމްއެންޑީއެފްގެ މެރިން ކޯއަށް ގެނައި އަސްކަރީ ވެހިކަލްތަކުގެ އިތުރުން ގިނަ ކުރިއެރުންތަކެއް ހޯދައިދީފައިވާ ކަމަށް ގައްސާން ފާހަގަކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ އަސްކަރީ ގޮތުން ގާބިލުކަން އިތުރުކުރުމަކީ މިނިވަން މުސްތަގިއްލު ކޮންމެ ގައުމަކުން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އުފެދެނީ އެ ގައުމެއްގެ މިނިވަންކަން ހިމާޔަތްވެ އަމާން މުޖުތަމައުއެއް ބިނާވެފައި އޮތުމުން ކަމަށެވެ. ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ފާއިތުވި 15 އަހަރު ތެރޭގައި އިޖާބަ ނުދީ އިހުމާލުވެފައި ހުރި ކަންކަން ފުރިހަމަކުރުން ކަމަށްވެސް ގައްސާން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް