
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކް ފޯސްއިން އިއްޔެ ހަވީރު ހިންގި ރެއިޑް އޮޕަރޭޝަންގައި ބާޒާރުމަތީގައި ހުރި ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އިމިގްރޭޝަނުން ބުނީ މިގޮތަށް ހައްޔަރުކުރެވޭ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށެވެ. އިމިގްރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހާއްސަ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ޑީޕޯޓްކޮށްފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ. އިމިގްރޭޝަނުން ބުނީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށެވެ.