ads
އެޗްއާރުޑީޕީ 2022 ސްކޮލާ އަހުމަދު ނާފިއު، ޔުނިވަސިޓީ އޮފް ސަރޭގައި ބްރިޖް އިންޖިނިއަރިންގގެ ދާއިރާއިން މާސްޓާ އޮފް ސައިންސް ހާސިލުކުރުމަށްފަހު އެމްޓީސީސީގެ އެމްޑީއާ ބައްދަލުކުރެއްވުން
ތައުލީމުން ލިބޭ މައުލޫމާތު ދާއިރާގައި ރަނގަޅަށް ބޭނުން ކުރުން މުހިންމު: އެމްޓީސީސީ އެމްޑީ
"ތައުލީމުން ލިބޭ މައުލޫމާތު ދާއިރާގައި ރަނގަޅަށް ބޭނުންކުރުން މުހިންމު" ކަމަށް އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ އެޗްއާރުޑީޕީ 2022 ސްކޮލާ އަހުމަދު ނާފިއު، ޔުނިވަސިޓީ އޮފް ސަރޭގައި ބްރިޖް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާ އޮފް ސައިންސް ހާސިލުކުރުމަށްފަހު އެމްޓީސީސީގެ އެމްޑީއާ ބައްދަލުކުރި ބައްދަލުކުރުމުގައެވެ.

އެމްޓީސީސީގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އެމްޑީ ސައުދީ މި ބައްދަލުކުރުމުގައި ތައުލީމީ ދަތުރުގައި ނާފިއުއަށް ލިބިފައިވާ ހުނަރާއި މައުލޫމާތުގެ މުހިންމުކަން ފާހަގަކޮށް، އެމައުލޫމާތު ދާއިރާގައި ރަނގަޅަށް ބޭނުންކުރުމުގެ މުހިންމުކަން ބަޔާންކުރެއްވިކަމަށެވެ. އެމްޓީސީސީގެ ފަރާތުން ނާފިއުއަށް ވަރަށް ކާމިޔާބު މުސްތަގުބަލަކަށް އެދިފައިވާ ކަމަށްވެސް ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

ނާފިއުއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސަރޭގައި ކިޔަވާ ބްރިޖް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާ އޮފް ސައިންސް ޑިގްރީ ހާސިލްކޮށްފައިވާ ދިވެއްސެކެވެ. އެމްޓީސީސީއިން މިފަދަ ސްކޮލަރުންނާއެކު ވަޒީފާގެ ފުރުސަތުތައް ހުޅުވައިލާކަން މީޑިއާގައި އެކިފަހަރުމަތީން ފާހަގަކޮށްފައިވެއެވެ. ނާފިއުއަކީވެސް އެމްޓީސީސީގެ ޓީމުގެ މެމްބަރެއްކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް