ads
ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްތާޔުގެ ތެރެއިން
އެންމެ ފިޓްކޮށް ހުންނަ ސިފައިންގެ މީހާ ހޮވަނީ
އެންމެ ފިޓް ސިފައިންގެ މީހުން ހޮވައި "ހަށިހެޔޮކަމުގެ ކުލަ" ގެ ނަމުގައި އާ ޝަރަފްގެ ނިޝާނެއް އެމްއެންޑީއެފުން ތައާރަފުކޮށްފިއެވެ.
Advertisement

މި ޝަރަފުގެ ނިޝާން ތައާރަފުކޮށްދެއްވީ ސިފައިންނަށް 133 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރަައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. 

މި ނިޝާނަކީ ނިޝާނަކީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދެވޭ ޝަރަފުގެ ނިޝާނެއްކަމަށް ގައުމީ ދިފާއި ބާރުން ބުނެއެވެ. މިއީ ސިފައިންގެ ތެރޭގައި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފެހެއްޓުމަށް ހިތްވަރު ދިނުމަށާއި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފަހައްޓާ ސިފައިންގެ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ރޭ ބޭއްވި ސިފައިންގެ 133 ވަނަ އަހަރީ ޖަލްސާގައި ވަނީ އަދި ފާއިތުވި އަހަރު ސިފައިންގެ ތެރެއިން އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންގެ މީހާއާއި އެންމެ ފިޓް ޔުނިޓް އިއުލާނުކޮށް އެ ފަރާތްތަކަށް ފިލާ ހަވާލުކޮށްފައެވެ. 

މިދިޔަ އަހަރުގެ އެންމެ ފިޓް ސިފައިންގެ މީހާގެ ގޮތުގައި ހޮވުނު ފަރާތްތައް

  • އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހަކީ ކޯޕްރަލް އައިޝަތު ނާޒްނީން
  • އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ ސާޖަންޓް ހުސެއިން ފަޒީލް ހާރޫން އެވެ. 

އެންމެ ފިޓެސްޓް ޔުނިޓަކީ ސްޕެޝަލް ފޯސަސް އެވެ. މީގެއިތުރުން ޕާކިސްތާނުގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތެއް ކަމުގައިވާ ޕެޓްސް (ޕާކިސްތާން އާމީ ޓީމް ސްޕްރިޓް) މުބާރާތުގައި، ސްޕެޝަލް ފޯސަސްގެ ޓީމެއް ވާދަކޮށް ރިހި މެޑެލި ހާސިލުކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެގޮތުން ފިލާ ވަނީ ހަވާލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް