އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ނަޝީދު އެކްސްގައި ޕޯސްޓުކުރެއްވި ވީޑީއޯއެއްގައި ވިދާޅުވީ އެ ޕާޓީން އެންމެ މެމްބަރަކު ވިޔަސް ވަކިވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާނެ ގޮތެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ އަދަދު ހަމަކުރުމަށް ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގެ މި ދުވަސްވަރާއި އޭގެ ފަހުން ވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައިވާ ގޮތުން މިވަގުތު އެމްޑީޕީގައި ތިބީ 43،784 މެމްބަރުންނެވެ. މިވަގުތު އެންމެ ގިނަ މެމްބަރުން ތިބީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގަ އެވެ. އެއީ 74،048 މެމްބަރުންނެވެ.
އަންނަ ޖޫން 12، ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;