ads
ހޯމް މިނިސްޓަރު އަލީ އިހްސާނާއި އެ މިނިސްޓްރީގެ އިސްވެރިން
ވަގު ފޯމެއްގައި ސޮއިކޮށްފައި އޮތް ނަމަ ފިޔަވަޅު އަޅާނަން: އިހްސާން
ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް މީހުން ވެއްދުމުގައި ވަގު ފޯމްތަކެއް ފުރިކަމަށް ބުނާ މައްސަލާގައި ހޯމް މިނިސްޓްރީއާއި ގުޅުން ހުރި އެއްވެސް އިދާރާއެއްގެ މުވައްޒަފަކު ސޮއިކޮށްފައިވާނަމަ ފިޔަވަޅު އަޅުއްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. 

މިނިސްޓަރު އިހްސާން ވިދާޅުވީ ސީޔާސީ ޕާޓިތަކަށް މީހުން ވައްދާ ފޯމުތަކުގައި ހެކިވެރިން ސޮއިކުރާއިރު އެ ފޯމުގެ ވެރި ފަރާތް ހުންނަން ނުޖެހޭކަމަށެވެ. އެހެންކަމުން ފޯމުތަކުގައި  ހެކިވެރިޔަކު ސޮއިކުރުމަކީ މައްސަލައެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އިހްސާން ވިދާޅުވީ ޕީއެންސީއަށް މީހުން ވެއްދުމަށް އެ މިނިސްޓްރީންގެ ދަށުން ހިންގާ ޑީއެންއާރުގެ މުވައްޒަފުން ސައްހަ ނޫން ފޯމުގައި ސޮއިކޮށްފައިވާކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެއްވެސް އިދާރާއަކުން އެކަން އެ މިނިސްޓްރީއަށް އަންގާފައި ނުވާކަމަށެވެ. އަދި އެކަން އެއްވެސް އިދާރާއަކުން އަންގާފިނަމަ އެކަމަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.  

" ހަމައަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައެއް ނެތް އަޅުގަނޑުމެންގެ މިނިސްޓްރީގެ އިސް ވެރިއަކު [ސައްހަ ނޫން ފޯމެއްގައި] ސޮއިކޮށްފައި އެއީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައެއް. އެކަން އަޅުގަނޑުމެންނަށް އަންގާ ދުވަހަކީ އެއީ ކޮންމެ މުވައްޒަފަކަށް ވިޔަސް އިސްތިސްނާއެއް ނުކޮށް އެ މުވައްޒަފަކާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނެ ދުވަސް،" މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕީއެންސީއަށް މީހުން އިތުރުކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީހުގެ ތެރޭގައި އައިޑީކާޑުތަކުގެ މައުލޫމާތުތައް ނަގައިގެން ވަގު ފޯމްތަކެއް ފުރިކަމަށް ބުނާ މައްސަލަ އެއް އޮތީ ފެންމަތިވެފައެވެ. 

އެ މައްސަލާގައި (ޑީއެންއާރު) އޮފީހުގެ ތެރޭގައި އެ މަސައްކަތްކޮށް ފޯމުތައް ފުރިކަމަށް އެ އިދާރާގެ ވެރިން ވަނީ އިއުތިރާފުވެފައެވެ. ޕީއެންސީން ސައްހަ ނޫން ފޯމުތަކެއް ހުށައަޅާފައިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް