ads
މީޑިއާ ބިލާ ދެކޮޅަށް މިއަދު ވެސް ނޫސްވެރިން މަޖިލިސް ދޮށަށް އެއްވުން: ފޮޓޯ ވިރާސީ
މީޑިއާ ކޮންޓްރޯ ބިލާ ދެކޮޅަށް މިއަދު ވެސް ނޫސްވެރިން މަޖިލިސް ދޮށަށް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަށް ބުނެ، އެ ބިލާ ދެކޮޅަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްވެ ރައްޔިތުންގެ މަޖިލިސް އިމާރާތް ދޮށުގައި މިއަދު އިހުތިޖާޖެއް ފަށައިފި އެވެ.
Advertisement

މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުންގެ ބައެއް ފަރާތްތައް ބައިވެރިވެ، ބިލު ބޭރުކޮށްލުމަށް ގޮވާލަމުން ދެ އެވެ.

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މި ބިލުގެ ސަބަބުން މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމު އުވި، ސަރުކާރުގެ ނުފޫޒާއި ބާރު އޮންނަ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުވެގެން ދިއުމެވެ. އެމްޖޭއޭ އިން ބުނާ ގޮތުގައި، މިއީ މިނިވަން ނޫސްވެރިކަން ހީނަރުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސްއެޅިގެންދާނެ ކަމެކެވެ. އަދި ބިލު އެކުލަވާލާފައިވަނީ ވަކި ބަޔަކަށް ނޫސްވެރިކަމުގެ ތެރެއަށް ބާރުފޯރުވޭ ގޮތަށް ކަމަށްވެސް ނޫސްވެރިން ދެކެ އެވެ.

މި އިހުތިޖާޖާ ގުޅިގެން ފުލުހުން ވަނީ މަޖިލިސް ހިމެނޭ ސަރަހައްދު ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމުން، އެމީހުން މިހާރު ތިބީ މަޖީދިއްޔާ ސްކޫލު ކައިރީގަ އެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކޮށްފައިވާއިރު، ދައުރުން ބޭރުން ބާއްވާ ޖަލްސާއެއްގައި ބިލު ފާސްކޮށްފާނެ ކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ އެބައޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް