ads
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަނުކުރުން
ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް މުޖްތާޒްގެ ނަން ފޮނުވައިފި
ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް މުހައްމަދު މުޖްތާޒްގެ ނަން ރައީސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
Advertisement

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި އެންމެހާ ފަރާތްތަކުގެ ނަންތައްވެސް ރައީސް ވަނީ މަޖިލީހާ ހިއްސާކުރައްވާފައެވެ. މި މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހުނީ ކުރީގެ ނައިބު ރައީސް އިބުރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުޖްތާޒަކީ ދާދި ފަހުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެވުނު ބޭފުޅެކެވެ. އޭނާއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައިވާ ގާނޫނީ ވަކީލެކެވެ. މީގެ ކުރިން މުޖްތާޒް ވަނީ ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފުރުއްވައި، އެހެނިހެން އިސް މަގާމުތަކުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.

މިއަދު މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. މި ކޮމިޓީން މުޖްތާޒްގެ ނަން ދިރާސާކުރުމަށްފަހު، ނައިބު ރައީސްކަމަށް އޭނާ އައްޔަންކުރުމާ މެދު ގޮތެއް ނިންމައި، މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ހުށަހަޅާނެ އެވެ. މުޖްތާޒްގެ ނަން ފާސްވެއްޖެނަމަ، އޭނާ ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަމަޖެހިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް